Monday, June 29, 2020

ވިހަ ހަރުފަ

ވިހަ ހަރުފަ

ޝަކީލާ ޙާމިދު




ރީތި ނަލަނަލަ ހަނދެއްފަދަވި މޫނާ   ރީތި ހިނިތުންވުމުގެ ތިޔަ ނަމޫނާ

ވީތިބާ   އަރިހުގައި   ގިނަ  ހަނދާނާ    ރީތި  ފިނިފެންމަލެއް  ފަދަވި  ދާނާ  

އަރިއަހުން ރީތި ލޮބުވެތިވި މައިނާ   ވަރުވަރުން އިވުނު އެކިއެކި ފަސާނާ

ފުރި  އުތުރި  ދާ ކަނޑެއްފަދަ  ޚަޒާނާ  ދިރި  މަހުންނަށް  ލިބުނު  ތީއެ  ކާނާ

ލޯބިވެތިބަސްތަކާ ގިނަ އަދާތައް  ލޯބި ފިރުމުންތަކާ ހެޔޮދުޢާތައް

ލޯބިލޯބިން   އެދިން    ގިނައުފާތައް   ލޯބިހިތުގައި   ފެވުނު ގިނަ   ހަނދާނާ

ކަޅިރަވައިން ފޮނުވި ޖާދޫގެ އަސަރުން  އޮޅިމަގޭ ބުއްދިފިލިޔޭ އެނަޒަރުން

ވަޅިޔަކުން    ނޫނަކަސް   ވީއެޒަޚަމުން   މުޅިޙަޔާތް  ބަނަވެ  ވީއަދު   މަރޯނާ

މަޑުމަޑުން ބަދަލު އަންނަންފެށީމާ  ބަނޑިތަކެއްފެނުނެ ހަށިގަނޑު ބެލީމާ

އަޑުއަހާށޭ   މަށަށްލިބުނު   ސިހުމާ   ދަނޑިވަޅުން   ބަދަލުވީ   ރީތި   މޫނާ

ހަށިގަނޑަށް އެކިބަދަލު އައި ގޮތުންނާ  ތޮށިގަނޑެއް ކުރަކި ލެވިފައި ވުމުންނާ

ފޮށިއެހެން    ކުޅުޖަހާ  ވިހަލުމުންނާ   ކޮށިވެ   ވިސްނުންއެރީ     އާސުމާނާ

ވެއްޖެދުޅަ ހަށިގަނޑާ މޫނުއެކުގައި  ކެއްނުވާވަރުގެ ދިލައެއްނަގާފައި

ނެތްލިބޭނޭ   ޝިފާއެއް   މިކަމުގައި    ދެންނިކުމެގެން  ދަނީ   މީ   ފުރާނާ

ވިސްނަވާށޭ މަށަށްލިބުނު ކެހިއަދު  ހުސްނުބާނޫގެ ދަރުބާރު ދުންހިދު

ރަސްމު  ފުރިހަމަވެގެން  ދިޔަގޮތާމެދު   އަސްލު  އަހަރެން   ވެފައިވީ   ދިވާނާ

ކުރި އެއިތުބާރު ގެއްލުނު ގޮތާމެދު  ހުރެވުނީ ސިކުނޑި ސުމަކަށް އަރާއަދު

އަރިއަހުން    ފެނުނު   ކެހިވެރި ކަމާމެދު  ކަރުނަ ހިކި ހުސްވެދާފަދަ މި  ވޭނާ

އެންމެ ފުރަތަމަ މަށަށް ހީކުރެވުނީ  އެންމެނާ އެއްފަދައިން ސޫރަވެވުނީ

އެންމެހާ    ލޯތަކަށް   ހާމަވެވުނީ   އެންމެ   ކަމުދާ    އެއީއޭ     ނަމޫނާ

ގެންގުޅޭނަމަ މިފަދަ ވިހަ ހަރުފަތައް  ގެއްލުމެއްދީ ހިނގައިދާނެ މިގޮތަށް

ދެންލިބުންނެތް   ގޮތެއްގައި    އުފާތައް   ހެއްލުމުން   ގެއްލިދާނޭ    ޒަމާނާ


No comments:

Post a Comment