އުފާވެރި ބޮޑު ޢީދު
ޝަކީލާ ޙާމިދު
ރާގު: ވާނީޤައުމީ ޒަޢީމުނާ
އައުމުން އަޟުޙާ ޢީދުގެ މަތިވެރި
ދަރުމަތައް
ކިޔަމޭ ޙައްޤު ޘަނާޔާއެކު ތިބެ
މަރްޙަބާ
ޤައުމުގެ ރައްޔިތުނަށް ވިޔަވަތި
ލޯތްބާއެކީ
ކިޔަމޭ ކެލައިން އަދު
ފަށްފަށްކޮށް މަރްޙަބާ
ކެލަޔަށް އައި މި އުފާވެރި ބޮޑުޢީދާ
އެކީ
އުފަލުން އެންމެން ހިތްތައް ފޮޅިގެންނޭ ދަނީ
މަލަމަތި ރީތި ކެލާ ރަށްޔިތުނޭ
ފެންނަނީ
ނަލަހެދި ޒީނަތްވެވި އަތްތައް
ގުޅަމުންދަނީ
ކުދި ބޮޑު ރައްޔިތުނޭ ޢީދާއެކު
ފަރިވަނީ
ހެދުމާ ގަހަނާއިން ޗާލުވެ ޒީނަތް ވަނީ
މެދުމިންވަރުގެ ގޮތެއްމިކަމުންވެސް
ދައްކަނީ
އެދެމުން ބަރަކާތާ ގިނަގުނަ
ހެޔޮކަން ދަނީ
No comments:
Post a Comment