Sunday, June 28, 2020

އަހަރެންގެ ޢުމުރުން 75 އަހަރު ފުރުނު ހިނދު...

     އަހަރެންގެ ޢުމުރުން 75 އަހަރު ފުރުނު ހިނދު...
 21                ޖަނަވަރީ 2020
             ޝަކީލާ ޙާމިދު ބިޖިލީގެ ހއ. ކެލާ


ޙަޔާތުގެ ދުވަހަކަށް އިރުއެރި މިއީ އަހަރެން އުފަންވި ދުވަސް
                   ޙަޔާތުގެ އިތުރު ޞަފުޙާޔެއް  ފެށުނު ހަތްދިހަ ފަހެއްވި ދުވަސް
ދިރާސީ އަހަރު ފެށުމާއެކު ދެވަނަ ހަފުތާގެ މެދުތެރެއިން 
                   ފިރާލެވި  ފުރޮޅުމެއް އަޔަކަސް  ބަދަލުވެވުމެއްނުވޭ  ވިލަރެސް
އުފާވެރި ފަތިހަކުން ފެށުނީ ޖަމާޢަތުގައި ފަތިސް ކުރުމުން
                    ވަފާތެރިކަމުގެ    އުއްމީދާ އެކީ   އަލިކުރުވިޔޭ  އުދަރެސް
ނުލާހިކުހެދުނު ހެނދުނާ އައިސް މަގޭ އުނގުގައި އެތުރިގެންތިބެ
                    ޚިލާފެއްނެތި ރަށުގެ ފަރުދުން މިއަދު  ކުރިއޭ މިތާ  މަޖުލިސް
ލޮލުން އަދު އޮހޮރެމުން މިދަނީ އުފާވެރިކަމުގެ ފައްވާރޭ  
                    ބަލަން ބޭނުންވެ ކެތްމަދުވީ ދަރިން އަހަރެން ގެނައި މިދުވަސް
ދަރިންނަށް ލޮބުވަތާ ބުނަމޭ އެކީ އަތުގުޅުވުމަށް އެދެމޭ          
                    ނަރެއްވެސް  ދޫނުކޮށް ތިބެގެން ހިފާ  ހިފެހެއްޓުމަށް ނާރެސް
ލަފާ ހެޔޮ ރަނގަޅު ޖީލުތަކެއް ބިނާކުރުމަށް ކުރާ މިދަތުރު
                    ވަފާތެރިކަމުގެ  ޢަޒުމާއެކު  މަ ދާނަމެ  ކުރިއަރާ  ދިޔަރެސް
ޒަމާނުގެ އޮއިވަރާ ބިޔަ ރާޅުތަކުގައި ނުޖެހި ކުރިޔަށްދާން
                    އަމާޒު ހިފާ  ބަލާނަމެ  އަބަދުވެސް  ހުޝިޔާރު ވެވި މާރެސް
ލިބޭހާ ކާމިޔާބެއްގާ މަގޭ ތި ދަރިންގެ ހިއްސާވޭ
                    ލިބޭ ޢިބުރަތްކަމަށް ބަލަމޭ  އެޅޭ އެކިވަރުގެ  ގިނަވި  ހުރަސް
ދަރިންނާ މާމަ ކާފަކިޔާ މިއަދު މުނިވީ ކަމަކު އަހަރެން
                    ކުރިންވެސް އެހުރި  ހިތްވަރުގައި ހުރީމޭ  ސާބިތުވެ  އަދިވެސް
ކުރާމީ އިލްތިމާސެކެ މަންމަ ތިޔަލޮބުވެތި ދަރިންނަށް އަދު
                   މަރާ  ކުރިމަތިލުމަށް ޖެހުނަސް  ބުނާށޭ   ޙައްޤުގޮތުގައި  ބަސް
ނަމުން އަހަރެން ކިޔައި އުޅެނީ އެ ރުޝްދީ ޝެއިޚު އިބުރާހީމް

                 ހެމުން ހިނިތުން  ވަމުން އާދޭ   ލިބޭނޭ  އަލިމަހުގެ   އެ ދަރެސް

No comments:

Post a Comment