މަންމަގެ ދުލުން
ޝަކީލާ ޙާމިދު
ފަޚުރުވެރި
ދިރިއުޅުމަކަށް މަންމާ ވަނީ ކެތް މަދުވެފާ
ބަހުރު ހިންދުގެ ނިޢުމަތާ މެދުގައި ނިކަން
ހިނިތުންވެފާ
ޢާއިލާގައި
އެންމެ އިސްކޮށް ތިބި ދެބެންގެ ގުޅުންބަލައި
ދާއިމީ މަންފާ
ލިބުން އެދިގެން އެހާމެ އުފާވެފާ
ރީތި ނިޔަނެތި ދިރިއުޅުން ތެދުވެރި ވަފާތެރި ސުލްޙަވެރި
ރީތިކޮށް ފެނިފައިވަނީ މަންމަގެ ފުށުން
ކަމުގައިވެފާ
ނާރުތަކުގައި
ލޭހިނގާ މަންމަގެ ދަރިން އެކަތައިން ވުމުން
ފާރަވެރި ލޯތައްތިބީ
އެކަމާ މެދަށް
ހިތްގޯސްވެފާ
ތަންވަޅެއް
ހޯދައި ކަތުރުފަނި ކާންފެށީ ދަނޑިވަޅުބަލައި
މަންމަޔަށް މޭރުންނުކޮށް ކައިހުސްކުރަންތާ ކަށިހަފާ
ވަކިވެދާ
ފަހުދިހަ ތެރޭގައި ފެނި މިދާ މަންޒަރުތަކުން
ވަކިވަނީކަން ގައިމުވެއްޖޭ ފަސްމަގުން
ލިބިދިން އުފާ
ކޮންމެ
ދަރިޔަކު ކަރުހިފާ އޮޅުލާ ވަރުން ހިތްދަތިވެގެން
މަންމަ އެވަނީ ކަރުނައިން ފުރިގެން ދެލޯ ތެމިފޯވެފާ
ނަންކުރާ
ދުނިޔޭގެ ސުވަރުގެއިން އަމާންކަން ގެއްލުމުން
މަންމަ މީނީ ކުރިމަގުގެ ނާމާންކަމަށް ބިރުހީވެފާ
No comments:
Post a Comment