Monday, June 29, 2020

މިއީ ހުވަފެނެއް ފަދަ ތަނެއް

        މިއީ ހުވަފެނެއް ފަދަ ތަނެއް

                      ޝަކީލާ ޙާމިދު 

 

ނުލާހިކު ނުރައްކާ ޒަމާނުގެ ޚަބަރު

             ދުލާ  ހިތްތަކުން ފޮހެ  ލަމާހޭ  ޒަހަރު

0000++0000++0000++0000

މަރުގެ ދަންތުރައިގައި ނުޖައްސާ ކަތުން

             ދަރުމަވެރިކަމަށް   ލަންބުވާށޭ   މިތުރު   

ކުރާ ކަންތަކާ އަދި އިވޭ އަޑުތަކުގެ

              ތުރާލެއް  ނުކޮށް  ފަތުރަދޭށޭ  ޚަބަރު

އުފާވެރިކަމާއެކު ޖަމާޢަތް ތެރޭ

              ވަފާތެރިވެދޭށޭ    ނުވާށޭ    ޣަދަރު

ކަތުންނޭވެ އަލިފާން ނުލާށޭ ޙަސަދަ

              މަތެއްރަޙު ނުލިބެޔޭ  ތެރޭގައި  ގަބުރު

މިތާ މުޖުތަމަޢުގައި އުޅޭ އެންމެނަށް

              ހިތާ އަދި ދުލުންވެސް  ކުރާށޭ ޤަދަރު

ޒުވާންކަމުގެ މަސްތީ އަސަރުތަކުތެރޭ 

               ޒުވާން ޖިސްމު ރައްކާ ކުރާށޭ ބިކުރު

އަތާ ހިތް ފުރޭހާ މުދާ ގިނަވިޔަސް  

              މިތާގައި ނުވާށޭ  ބޮޑާ  އަދި  ކިބުރު

ހިނގާށޭ އަލުން ހެޔޮ ޢަމަލުކޮށް އުޅެން

               ހިނގާ ނެރެ އުކާލަން އެދަގުޔާ ދަބަރު

ބުނަންހޭ މިއީ ހުވަފެނެއް ފަދަ ތަނެއް

              ބުނަން ނޭނގި ނިމިދާނެޔޭ ކުރި ދަތުރު


No comments:

Post a Comment